މިއީ ނޭނގި ވާނެ ކަންތަކެއް ނޫނެވެ. މިއީ ފެޝަނެކެވެ. މީހާ ފިރިހެންވަންތަކަން ދައްކުވައިދޭ ކަމެއް ކަމަށް ބުނެއެވެ. މިއީ ހަމަ ޒުވާން ޓްރެންޑެއް ކަމަށް ބުނެއެވެ. ނުރައްކާ އެނގެއެވެ. ލިބޭ ގެއްލުންތައް ވެސް އެނގެއެވެ. ހަށިގަނޑުގެ ތެރޭގައި ވިހަ އެ ފަތުރާލަނީ ނޭނގި ތިބެެގެން ނޫނެވެ. އެނގި ތިބެ ހަލާކުގެ ތެރެއަށް ދޫވެގެން ދަނީއެވެ. މާ ބޮޑަށް ހިތްޖެހުނީއެވެ. ރަހުމަތްތެރިން ބޭނުން ކުރާތީ ބޭނުން ކުރާ ހިތްވަނީއެވެ. މިހާރު ގިނަ ބައެއްގެ ޖީބުގައި ވޭޕެއް އޮވެއެވެ. އެކަކު ބޭނުން ކުރާ ވޭޕް އަނެކަކު ބޭނުން ކުރެއެވެ. ރަހުމަތްތެރިންގެ ތެރޭގައި ވެސް އެ ވޭޕް ދައުރުވެއެވެ. ވޭޕް ބޭނުން ކުރަން ފެށީ ކީއްވެ ހެއްޔެވެ؟ އެއް ބަޔަކު…